އެއްވެސް ހުރަހެއް ނެތި ރައްޔިތުންގެ ޝުޢޫރު ރައީސް ޑރ. މުއިއްޒަށް !
ދިވެހިން މިހާތަނަށް ދެކެފައި ނުވާ މިންވަރަކަށް ވެރިކަމުގައި ހުންނަވާ ފަރާތަކާ ގާތުން އެއްވެސް ހުރަހެއް ނެތި، ރައްޔިތުންނަށް ޝުޢޫރު ފާޅުކުރުމުގެ ފުރުސަތު ލިބޭ މުޅިން އާ ސާތެއް މި ވަނީ ފެށިގެން ގޮސްފައި. އޭގެ ސަބޫތަކީ މިހާރު ބާއްވަމުން ގެންދާ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ސިލްސިލާ ބައްދަލުވުންތަކެއް. އަދި އެ ބައްދަލުވުންތަކުގައި ބޭނުން ވާހަކައެއް، ޝަކުވާ އަދި ޝުއޫރު ފާޅުކުރުމުގެ މިނިވަންކަންދިނުމާއެކު، އެ އިވެންޓުތައް އެކި ކަންކޮޅުތަކުގައި ތިބި ދިވެހިރައްޔިތުންނަށް ފެންނަ ގޮތަށް އިންތިޒާމްކުރެވިގެން ކުރިޔަށް ގެންދާތަން ރައްޔިތުން މި ދަނީ ތަޖުރިބާކުރަމުން.
ރައްޔިތުންނަށް ހުރި ދަތިތައް އޮޅުން ފިލުވައި، އެކަމުގެ ހައްލުހޯއްދެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމީ، ރައީސް އިހްލާސްތެރި ނިޔަތް މިކަމުގައި ރައްޔިތުންނަށް އެނގި ގަބޫލުކުރެވިގެން ދިޔުން.
މި ބައްދަލުވުންތަކުގައި ސަރުކާރާ އިނދިކޮޅު ފަރާތްތަކާއި، ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކާ އެއްވެސް ތަފާތުކުރުމެއް ނެތި ފުރުސަތު ލިބިގެން ދިޔަކަން ލައިވްކޮށް މި މަންޒަރު ބަލާ ބަޔަކަށް ފެނިގެން އެބަދޭ. މި ބައްދަލުވުންތަކުން ދޭހަވަނީ މައްސަލަތައް މުތުލަގުކޮށް ދެނެގަނެ ހައްލުހޯއްދެވުމުގެ ހިތްވަރު ރައީސްގެ ހުރިކަން. ކުރިންވެސް ބުނެވުނު ފަދައިން ރައީސް މިގައުމާ މެދު ދެކޭ ހުވަފެނުގެ ފޮނިކަމެވެ. ވެރިކަން ކުރުމުގެ މުޅިން އާ ވައްޓަފާޅިއެއް މިރާއްޖެއަށް ތައާރަފްކުރެވިގެން މި ދިޔައީ. ޑިމޮކްރެސީގެ މުޅިން އާ ސަފްހާއެއް ހުޅުވިގެން މި ދިޔައީ. ތަރައްގީގެ ގިނަ ޕްލޭންތަކެއް ކުރެހި، އަމަލީ މަސައްކަތް ކުރެވިގެން ދާ ދިއުމުގެ އިތުރުން، ރައްޔިތުން ބާރުވެރިކުރުވުމުގެ އެޕިސޯޑެއްވެސް ފެށިގެން ދިޔައީތީ، އަހަރެމެން އުފާކުރަން ޖެހޭ.
ދެން ބުނެލަން އޮތް ވާހަކައަކީ ރައްޔިތުންގެ ޝަކުވާ ގުޅިފައިވަނީ ކޮން އިރަކު އުފެދިގެން އުޅޭ މައްސަލަތަކާތޯ އާއި އެ ކަންތައްތަކަށް ހައްލުހޯދައި މިހާތަނަށް ނުދެވި އޮތީ ކީއްވެތޯ. ބައެއް ކަންތައްތަކަކީ ވަގުތުން ވަގުތަށް އޭގެ ހައްލުހޯދައި ނިންމާލެވޭ ވަރަށްވުރެ ބޮޑެތި ކަންތައްތައް. މިސާލަކަށް، އިންތިހާއަށް ބޮޑުވެފައިވާ، އަދި ކުރީގެ ސަރުކާރުތަކުން އަޅާ ނުލައި ދޫކޮށްލާފައިވާ ބިދޭސީންގެ މައްސަލަ. މިހާރު ކުރިޔަށް ދާ ބައްދަލުވުންތަކުގައި އަޑުއިވިގެން އެދަނީ ކުރީގެ ސަރުކާރުތަކުންވެސް ހައްލު ހޯދުމަށް އެކަށީގެންވާ މިންވަރަކަށް މަސައްކަތް ކުރެވިފައި ނެތުމުގެ ސަބަބުން އެވާހަކަތައް ދެއްކުމަށް ފުރުސަތު ހުޅުވިގެން ދިއުމާއެކު އޭގެ އަޑު އަހަރެމެންނަށް އިވިގެން ދާ ދިއުން އެއީ މިހާރު އަހަރެމެންގެ ތަޖުރިބާ.
ޒަމާންތަކެއް ވަންދެން ކަންކަމުގައި ރައްޔިތުން ތަހައްމަލްކުރަމުން ގެންދާ އެކިއެކި އުނދަގޫ މިއަދު ވަރަށް ސާފު. އޭގެ ހައްލު މި ސަރުކާރުގެ ޕްލޭންތަކުގައި ތެރޭގައި އެބަވޭ. އެކި މަންސަތަކުގައި ރައީސް އެވަނީ އެ ޕްލޭންތައްވެސް ހިއްސާކުރައްވާފައި. އެހެންވީމާ، ކުރިންވެސް ފާހަގަ ކުރެވުނު ގޮތަށް، މި ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމާއި، ހެޔޮ ވެރިކަމެއްގެ މުޅިން އާ ބާބެއް މިހާރު މި ދަނީ ތަޖުރިބާކުރެވެމުން. މިހާ ފުޅާކޮށް އެއްވެސް ހުރަހެއް ނެތި ގައުމުގެ ރައީސާ ގާތުން އެއް ތަނެއްގައި ތިބެ، ބޭނުން ވާހަކައެއް ދެއްކުމުގެ ފުރުސަތު ލިބިގެން ދިއުމުން ދޭހަވަނީ ރައްޔިތުންނަށް މި ހިނގާ ވެރިކަމުގެ ދައުރުގައި މިނިވަންކަން ހުޅުވާދެވިފައިވާ މިންވަރު. ރައްޔިތުންނާ ބައްސައިގެން، ރައްޔިތުންގެ ވިސްނުމާއި، ހިޔާލާއި ފިކުރާއެއްގޮތަށް ވެރިކަން ހިންގައި އޭގެ ފައިދާ ރައްޔިތުންނަށް ހޯއްދަވައިދެއްވަން އަދުގެ ރައީސްގެ ޝައުގުވެރިކަން ހުރި މިންވަރު.

ކޮމެންޓުތައް (0)