Advertisement
ad

ރައްޔިތުން އެދުނީ ސްޕީޑް ބްރޭކަރުތައް ނަގަން. ރައީސްގެ އެންގެވުމަށް ނަގައިފި

2025-12-12 18:44 0 ކޮމެންޓް
Admin User
ރައްޔިތުން އެދުނީ ސްޕީޑް ބްރޭކަރުތައް ނަގަން. ރައީސްގެ އެންގެވުމަށް ނަގައިފި

ހުޅުމާލޭގެ މަގުތަކުގައި މިފަހުން އެޗްޑީސީއިން ހަރުކޮށްފައިވާ ސްޕީޑް ބްރޭކަރާމެދު ގިނަ ބަޔަކު ދިޔައީ ސޯޝަލް މީޑިޔާގައި ނުރުހުން ފާޅުކުރަމުންނެވެ. އޭގެ ސަބަބުން ސިއްހީ ގެއްލުންތަކާއި ދުއްވާ އުޅަނދަށް ގެއްލުންވާ ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔައެވެ..

Advertisement
ad

ރައްޔިތުންނާ މި ފަހަކުން ބޭއްވުނު ބައްދަލުވުމުގައި އެ މައްސަލަ ހުށަހެޅުމާއެކު ރައީސްވަނީ އެކަން ލަސްނުކޮށް ހައްލުކުރައްވާފައެވެ.

މި ސަރުކާރުން ރައްޔިތުންގެ ޝަކުވާތައް އަޑުއަހައި ރައްޔިތުންގެ ހިޔާލާއެކު ކަންކަންކުރަމުންދާކަމަށް ރައްޔިތުން ގަބޫލުކުރެއެވެ. ސިޔާސަތު އެކަށައެޅުމުގައި މި ސަރުކާރުން ވަނީ މީގެ ކުރިން ރައްޔިތުން ތަޖުރިބާ ކޮށްފައިނެތް މިންވަރަކަށް މިހާރު ތަޖުރިބާކުރަމުންނެވެ. ކަން މިހެން ހުރުމާއެކު ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރުވެސް އިތުރުވެގެން ގޮސްފިއެވެ.

ހުޅުމާލޭގެ ތަރައްގީއަށް މިިހާރުގެ ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރިޔަށް އެބަ ގެންދެއެވެ.


ކޮމެންޓުތައް (0)

ގިނަވެގެން 450 އަކުރު
Advertisement
ad