އައްޑޫ ހައި ސުކޫލުގައި ކަންވީ ގޮތް
އައްޑޫ ހައި ސުކޫލަކީ އިމްތިހާނުތަކުގައި ކޮންމެ އަހަރަކުވެސް ވަރަށް ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންތަކެއް އުފައްދާ ސުކޫލެކެވެ..
އަދި ސުކޫލުގެ މިހާރުގެ ޕްރިންސިޕަލަކީވެސް ދަރިވަރުންނާ ވަރަށް ގާތް ގުޅުމެއް ބާއްވާ، ސުކޫލު ކުރިއެރުވުމުގައި ވަރަށް ބޮޑަށް މަސައްކަތްކުރައްވާ، އަދި ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައި ވެސް ފާހަގަކޮށްލަން ޖެހެއެވެ.
ނަމަވެސް، 2025 ޑިސެމްބަރު 11 ވަނަ ދުވަހު އެ ސުކޫލުގެ ދަރިވަރަކާއި ޓީޗަރަކާ ދެމެދު ސުކޫލުގެ ތެރޭގައި މާރާމާރީއެއް ހިނގުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ވަރަށް ބޮޑު ބަދަލުތަކެއް ގެންނަންޖެހިފައިވާ ކަމަށް ބުނެ ޝުއޫރު ފާޅުކުރަމުންނެވެ. ގިނަ ނޫސްތަކުގައި އެ ދުވަހު ލިޔެފައިވަނީ ޓީޗަރު ވަރަށް ބޮޑަށްވެސް ކުއްވެރިކޮށްފައެވެ. އަދި ގިނަ ބަޔަކު ދެކޭ ގޮތުގައި ކްލާސްތެރޭގައި ދިމާވާ ކޮންމެ މިފަދަ ކަމަކުން އަބަދުވެސް ގޯސްވަނީ ޓީޗަރެވެ.
މިހެންކަމުން، އައްޑޫ ހައި ސުކޫލުގައި އެ ދުވަހު ދިމާވި ހާދިސާގައި ކަން އަސްލު ވީ ގޮތް އެނގުމަކީ މުހިންމުކަމަކަށްވާތީ، އެކަން ހިއްސާކޮށްލަން ގަސްދުކުރީމެވެ.
އެ ހާދިސާ ހިނގި ކްލާހަކީ ބީޓެކް ކްލޭހެކެވެ. އެ ކުލާހުގައި ތިބީ ކިޔެވުމުގައި ފަރުވާކުޑަ ނުވަތަ ކިޔެވުން ދަށް ކުދިންކަން ފާހަގަ ކޮށްލަންޖެހެއެވެ. އެ ދުވަހު އެކަން ހިނގި އިރު އެ ކްލާހުގެ އެހެން ކުދިންގެ އަމަލުތަކުންވެސް މިކަމަށް ހެކި ދެއެވެ. ސޯޝަލް މީޑިޔާގައި ދައުރުވެފައިވާ ވީޑިޔޯތަކަކީ އެކި ދުވަސް މަތިން އެ ކްލާހުގެ ކުދިން ނަގާފައިވާ ވީޑިޔޯތަކެއް ކަންވެސް އެ ވީޑިޔޯތައް ރަނގަޅަށް ބަލާލައިފިއްޔާ ސާފުވާނެއެވެ.
އެގޭ ތެރެއިން އެއް ވީޑިޔޯ އަކުން ފެންނަނީ ދަރިވަރަކު ޓީޗަރުގެ ފަހަތުން ގޮސް ޓީޗަރުގެ ބޮލަށް ފެން އަޅާ ތަނެވެ. އަނެއް ވީޑިޔޯއިން ފެންނަނީ ޓީޗަރުގެ ޖީބަށް އަތްލާ، ޓީޗަރުގެ ފޯނު ފޭރިގަންނަ މަންޒަރެވެ. އަދި އެ ދަރިވަރު ވަނީ ޓީޗަރުގެ ފޯނު ގަދަކަމުން އަތުލުމަށްފަހު އެ ފޯނުން ބަރަހަނާ ވީޑީޔޯއެއް އަޅުގައި، ބްލޫޓޫތު ބޭނުންކޮށްގެން ކުލާހުގައި ހުރި ސްޕީކަރަށް ގުޅުވައި އެހެން ކުދިންނަށް އެ ވީޑީޔޯ ދައްކާފައެވެ. މި ފަދަ ކަންކަމަކީ ރާއްޖޭގެ ގާނޫނުވެސް މަނާކުރާ އިސްލާމް ދީނުގައި ނަހީވެސް ކުރައްވާފައިވާ ކަންކަމެވެ. ނަމަވެސް، ޓީޗަރު ކުއްވެރިކުރާ ފަރާތްތަކަށް މިކަން ވިސްނިފައި ނުވާކަމަށްވެސް ބައެއް މީހުން ފާހަގަކޮށްފައި އެބަހުއްޓެވެ. އެ ވަގުތު ޓީޗަރު ކްލާހުން ނިކުމެ އެ މައްސަލަ ސުކޫލުގެ އިދާރާއަށް ހުށަހެޅުމަށް ދާން ނިކުންނަން މަސައްކަތްކުރުމުން، ބައެއް ދަރިވަރުން ވަނީ ކްލާހުގެ ދޮރުގައި ތަޅުލައި ޓީޗަރަށް ބޭރަށް ނުދެވޭ ގޮތަށް ހަދާފައެވެ.
"އަހަރެމެން ކިޔެވި އިރު، ޕްރިންސިޕަލް ދެކެ އަހަރެމެން ވަރަށް ޖެހިލުންވޭ. ޕްރިންސިޕަލް ބޭނުންކުރާނެ ވަރަށް ތަފާތު ވަހެއް ދުވާ އަތަރެއް. ޕްރިންސިޕަލް އަންނަކަން އެނގެނީ އެ އަތަރުގެ ވަހުން. ހުރިހާ ކުދިން ހިމޭންވާނެ އެ އަތަރުގެ ވަސް ދުވަން ފެށުމާއެކު" އައްޑޫ ހައި ސުކޫލުގައި ކުރިން ތައުލީމު ހާސިލްކުރި ދަރިވަރަކު ކިޔައިދިނެވެ.
ޓީޗަރާ ދެކޮޅަށް ވާހަކަ ދެއްކި ބައެއް މީހުން ދެކޭ ގޮތުގައި ޓީޗަރަށް ކްލާސްރޫމް ކޮންޓްރޯލް ނުވީއެވެ. އެކަމަކު ސުވާލަކީ ޓީޗަރުގެ ފޯނު އަތުލައި ޓީޗަރަށް އެއްވެސް އިހްތިރާމްކުރުމެއް ނެތި ޓީޗަރުގެ ބޮލަށް ފެންއަޅާ، ޓީޗަރަށް އަތުންނާއި ފައިން ތެޅި ދަރިވަރަކު ކޮންޓްރޯލް ޓީޗަރަށް ކުރެވޭނެ ހެއްޔެވެ؟ އެއީ އަށާރަ އަހަރު ނުވިޔަސް އަދި ވިޔަސް، ޓީޗަރަށް ހަމަލާދިނުމަކީ އެ ދަރިވަރަކީ އާންމު ކްލާސް މާހައުލާ އެކަށީގެން ނުވާ މިންވަރަށް ހައްދު ފަހަނައަޅައިފައިވާ ދަރިވަރެއްކަން ފާހަގަ ކޮށްލަންޖެހެއެވެ.
މީގެ އިތުރުން އެ ދަރިވަރުގެ އާއިލީ ބެކްގްރައުންޑާއި މައިންބަފައިންނަކީ ކޮން ކަހަލަ ބަޔެއްތޯވެސް ބަލައިލުން މުހިންމެވެ.
މީގެ އިތުރަށް ފާހަގަވާ އަނެއް ކަމަކީ ވީޑިޔޯ ކުރި ދަރިވަރު އިނީ ކްލާސްތެރޭގައި ލެޕްޓޮޕް ހުޅުވައިގެން ގޭމް ކުޅެން ކަމެވެ.
އައްޑޫ ހައި ސުކޫލަކީ ކުރިން ޒަމާނީ ވައްޓަފާޅިޔަށް ކިޔަވައިދިން ތަނެއް ނޫނެވެ. ފަހުން ސުކޫލަށްވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މިހާރުގެ ޕްރިންސިޕަލަކީ ތައުލީމީ ދާއިރާ ރަނގަޅަށް ދަންނަ ބޭފުޅެކެވެ. ނަމަވެސް، ޕްރިންސިޕަލަކީ ދަރިވަރުންނާ ވަރަށް ގާތުން މަސައްކަތްކުރާ، އަދި ދަރިވަރުންނާ ވަރަށް "ފްރެންޑްލީ" މީހެއް ކަމަށް ވަރަށް ގިނަ ބަޔަކު ބުނެއެވެ. މިހެން މިކަން އޮތުމުގެ ސަބަބުން ކުދިންގެ އުޅުމަށް ބަދަލު އައިސްފައިވާ ކަމަށް ބައެއް ފަރާތްތަކުން ދެކެވެ. އަކަމަކުވެސް، މިއީ މި ހިނގައިދިޔަ ހާދިސާއާ ގުޅުވައި ޕްރިންސިޕަލް ކުއްވެރި ކުރަންޖެހޭ ކަމެއް ކަމަކަށް ނުދެކެވެ. އެއީ ޕްރިންސިޕަލް ހިޔާރުކުރެއްވި މެނޭޖްމަންޓް ސްޓައިލެވެ. މި ހިންގައިދިޔަ ކަންކަމާ ގުޅިފައި އޮތީ މުޅި ނިޒާމު ފެއިލްވެފައިވުމެވެ.
ދަރިވަރަކު ސުކޫލަށް ނުގޮސް، ވީ ނުވީއެއް ނާންގާ ކަމަށް ވަންޏާ އެ ދަރިވަރެއްގެ ގެޔަށް ޓީޗަރުން ގޮސް ވީނުވީ އެއް ސާފުކުރަންޖެހޭ ކަމަށް ޓީޗަރުން ބުނެއެވެ. މިކަމަކީ ބެލެނިވެރިން ރުހޭ ކަމަކަށް ނުވިޔަސް، މިކަން ކުރަން އޮންނަނީ އަންގާފައިކަމަށް ޓީޗަރުން ބުނެއެވެ. އެކަމަކު، ދަރިވަރެއްގެ ދަބަސް ޗެކްކުރުމަކީ ޓީޗަރަކަށް ލިބިގެންވާ ބާރެއް ނޫންކަމަށާއި، ދަރިވަރުން ކްލާހަށް ބޭނުންނުވާ އެއްޗެއް ކްލާހަށް ވެއްދިޔަސް ނޭނގެނީ މިހެން މިކަން އޮތުމުން ކަމަށް ގިނަ ޓީޗަރުން ބުނެއެވެ. ތައުލީމީ ދާއިރާގެ ސިޔާސަތުތަކަށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމަށް ޓީޗަރުންވެސް ދެކެއެވެ.
ޓީޗަރުގެ ނަފުސުގެ ދިފާއުގައި އެ ވަގުތު ޓީޗަރު ކަންކުރީ މަދު ބަޔަކު ރުހޭ ގޮތް ކަމުގައި ނުވިޔަސް، އެ ވަގުތު ޓީޗަރަށް ހަމައެކަނި އޮތް ގޮތަކީ އެއީއެވެ. އަޅުގަނޑުމެން ދިވެހިން، ދިވެހިރާއްޖެ ރަނގަޅު މަގުން ގެންދަން ބޭނުންކަމުގައި ވަނީނަމަ، ބޭރު ޓީޗަރު ކުއްވެރިކުރުމުގެ ބަދަލުގައި، މި ގައުމުގައި ރަނގަޅުކުރަން ހުރި ކަންކަން ރަނގަޅުކުރުމަށް ހެޔޮ ބުއްދީގެ ބޭނުން ހިފައި އެކަން ކުރާން އެބަޖެހެއެވެ. އާއިލީ މައްސަލަތައް ދެނެގަނެ، ދަރިވަރުންގެ ޕްރޮފައިލް ހަދަންވެސް އެބަޖެހެއެވެ. ހަމަ އެކަނި ފޮތުން ކިޔަވައިދިނަސް ނުފުދެއެވެ. ދަރިން ތަރުބިއްޔަތު ކުރަންވެސް އެބަޖެހެއެވެ.
ހިނގައި ދިޔަ ހާދިސާއާ ގުޅޭ ގޮތުން ފާހަގަ ކޮށްލަންޖެހޭ އެއް ކަމަކީ ދަރިވަރަކީ ދަރިވަރެއްގެ ހުންނަންޖެހޭ އަހުލާގެއް ސުލޫކެއް ނެތް، އާއިލާއިން އިހުމާލުވެފައިވާ ކުއްޖެއްކަމެވެ. މިފަދަ ކުދިން ފާހަގަކޮށް އެހެން ކުދިންނާއި ވަކިކޮށްގެން ތަރުބިއްޔަތުކުރެވޭނެ ގޮތެއް ހޯދަން ޖެހެއެވެ. އެހެން ނޫނީ އަނެއްކާވެސް، މިފަދަ އެތަކެއް ހިތާމަވެރި ހާދިސާ ހިނގުން އޮންނާނީ ދުރަކު ނޫނެވެ.

ކޮމެންޓުތައް (0)