Advertisement
ad

ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައި ޑްރަގާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފި

2025-12-21 21:27 0 ކޮމެންޓް
ޝީން
ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައި ޑްރަގާ އެކު ހަތަރު މީހަކު ހައްޔަރުކޮށްފި

މާލޭގެ ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައި ފާސްކޮށް ޑްރަގާއެކު ހަތަރު މީހުން ހައްޔަރު ކޮށްފި އެވެ.

Advertisement
ad


އެ މީހުން ހައްޔަރުކުރީ ޑްރަގް ބޭނުންކޮށް އެތަކެތި ގެންގުޅެ، ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.


ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި ގެސްޓް ހައުސް އާއި އެޕާޓްމަންޓުން 377.39 ގްރާމުގެ ޑްރަގް ފެނުނު ކަމަށެވެ.

އެ މައްސަލާގައި ހަތަރު މީހުން ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ ދިވެހި ތިން ފިރިހެނުންނާއި ބިދޭސީ އަންހެނެކެވެ. ހައްޔަރުކޮށްފައި ވަނީ:


- ހަސަން އަނަސް، 22، ދަފްތަރު 10367

- މޫސާ ޝަހީމް، 22، އަތަގަސްދޮށުގެ، ދޫޑިގަން ޏ. ފުވައްމުލައް

- ހުސައިން ޝަރުވަން، 25، އާވެލި، ބ. ގޮއިދޫ

- ނޭޕާލް ރައްޔިތެއް ކަމަށްވާ ނިޝާ ރާއި، 21


އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ހަސަން އަނަސް އަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު މޫސާ ޝަހީމް އާއި ހުސައިން ޝަރުވާން އަށް ދީފައި ވަނީ ފަސް ދުވަހެވެ. އަދި ނިޝާ ރާއި އަށް ދީފައި ވަނީ އެންމެ ދުވަހެކެވެ.


ނިޝާ ރާއީއަށް ދީފައިވާ އެއް ދުވަހުގެ މުއްދަތު ހަމަވުމުން ދެވަނަ ފަހަރަށް މުއްދަތަށް ކޯޓަށް ހާޒިރުކުރުމުން ވެސް ދިނީ އެންމެ ދުވަހެކެވެ. ދެވަނަ ފަހަރަށް ދީފައިވާ އެއް ދުވަހުގެ މުއްދަތު ހަމަވުމުން ތިން ވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.



ކޮމެންޓުތައް (0)

ގިނަވެގެން 450 އަކުރު
Advertisement
ad