Advertisement
ad

ވަގު ޑޮލަރުން ވިޔަފާރިކުރިކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

2025-12-21 21:33 0 ކޮމެންޓް
ޝީން
ވަގު ޑޮލަރުން ވިޔަފާރިކުރިކަމުގެ ތުހުމަތުގައި މީހަކު ހޯދަނީ

ވަގު ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

Advertisement
ad


ސޯޝަލް މީޑިއާގައި މިއަދު ފުލުހުން އާއްމުކުރި ވީޑިއޯއިން ފެންނަނީ ކެފޭއަކުން ފިރިހެނަކު އެއްޗެއް ގަތުމަށްފަހު އެއަށް ފައިސާ ދައްކާ ތަނެވެ. އެހެންވެ، ލަފާ ކުރެވޭ ގޮތުން އެ މީހާ ފައިސާ ދެއްކީ ސައްހަ ނޫން ޑޮލަރުންނެވެ.


ފުލުހުން ވަނީ އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9790048 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322112 އަށް ގުޅައި ހިއްސާކޮށްދިނުމަށް އެދިފަ އެވެ.



ކޮމެންޓުތައް (0)

ގިނަވެގެން 450 އަކުރު
Advertisement
ad