Advertisement
ad

އަލިފާނުގެ ހާދިސާގައި އަމާން ދޯދި ޓަވަރުގެ ބައެއް ހޮޅިތަކަށް ގެއްލުންވެ، ފެން ބޭނުންނުކުރަން އެދިއްޖެ

2026-01-24 09:20 0 ކޮމެންޓް
Admin User
އަލިފާނުގެ ހާދިސާގައި އަމާން ދޯދި ޓަވަރުގެ ބައެއް ހޮޅިތަކަށް ގެއްލުންވެ، ފެން ބޭނުންނުކުރަން އެދިއްޖެ

މިފަހުން އިމާރާތްކޮށް މީހުން ދިރިއުޅެން ފެށި އަމާން ދޯނި ޓަވަރު 1 ގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ބައެއް ފްލެޓުތަކުގެ ބައެއް ފެން ހޮޅިތަކަށް ގެއްލުން ލިބިފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފި އެވެ.

Advertisement
ad


އެތަނުގައި ދިރިއުޅޭ މީހުންނަށް އެފްޑީސީން ފޮނުވި މެސެޖުގައި ބުނީ އަލިފާނުގެ ހާދިސާގައި ހޮޅިތަކަށް ގެއްލުން ލިބިފައިވާ ކަމަށެެވެ. އެހެންވެ، ކޮންމެ ފަންގިފިލާއެއްގެ 6 ވަނަ ޔުނިޓުގެ މާސްޓާ ބެޑްރޫމް ފިޔަވައި އެހެން ކޮޓަރިތަކާއި ޔުޓިލިޓީ އޭރިއާގައި ފެނާއި ޑްރެއިނޭޖް ބޭނުން ނުކުރުމަށް އެދޭ ކަމަށެވެ.


އެފްޑީސީން ބުނި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ޓަވަރުގެ ޑްރައުންޑް ފްލޯގައި އުކާލާފައިވާ ކުނިތަކެއްގަ އެވެ. އަދި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަންނަމުންދާ ކަމަށް ވެސް ބުންޏެެވެ. 


އެފްޑީސީން ބުނީ އަލިފާނުގެ ހާދިސާގެ ސަބަބުން އިމާރާތަށް ލިބިފައިވާ ގެއްލުން ދެނެގަނެ ކުރަންޖެހޭ މަރާމާތުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުން އަންނަ ކަމަށެވެ. 


އެ ކުންފުނިން ވަނީ ކުނި އުކާލުމަށް ހާއްސަ ކުރެވިފައިވާ ސަރަަހައްދު ފިޔަވައި އެހެން ތަންތަނަށް ކުނި އެޅުމަކީ މަނާ ކަމެއްކަން ވެސް އެ މެސެޖުގައި ހަނދާންކޮށްދީފަ އެެވެ.


ކޮމެންޓުތައް (0)

ގިނަވެގެން 450 އަކުރު
Advertisement
ad