Advertisement
ad

ރައީސްގެ ނަސޭހަތް ދަރިވަރުންނަށް: ދުވަސް ފަށަންވާނީ ފަތިސް ނަމާދުން، ފަރުޟު ނަމާދުތައް ވަގުތަށް އަދާކުރަންވާނެ

2026-01-27 16:53 0 ކޮމެންޓް
ޝީން
ރައީސްގެ ނަސޭހަތް ދަރިވަރުންނަށް: ދުވަސް ފަށަންވާނީ ފަތިސް ނަމާދުން، ފަރުޟު ނަމާދުތައް ވަގުތަށް އަދާކުރަންވާނެ

ކޮންމެ ދުވަހެއްވެސް ފަތިސް ނަމާދުން ފަށައި، ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދަރިވަރުންނަށް މިއަދު ނަސޭހަތްތެރިވެވަޑައިގެންފިއެވެ.

Advertisement
ad

ރައީސް މިހެން ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި، 2،500 ދަރިވަރުންގެ ޖާގަ ބޮޑު ޝަހީދު ޢަލީ ސްކޫލު މިއަދު ހުޅުވައިދެއްވުމަށް ފަހުގައި އެ ރަސްމިއްޔާތުގައެވެ.


އެގޮތުން ދަރިވަރުންނާ މުޚާތަބުކުރައްވައި ރައީސް ވަނީ، ތައުލީމީ ހަޔާތަކީ ގައުމަށާއި މުޖުތަމައަށް ބޭނުންތެރިގޮތެއްގައި ބޭނުންހިފޭ ދުވަސްތަކަކަށް ހެދުމަށާއި، މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭއިރު، އަބަދުވެސް އެކަން ހަނދާނުގައި ބަހައްޓައި، ދިރިއުޅުމުގެ ހުރިހާ ކަމެއް ތަރުތީބުން ކުރިއަށް ގެންދިއުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.


ރައީސް ވިދާޅުވީ، ސްކޫލުތަކުގައި ކަންކަން ތަރުތީބުވެފައި އޮންނަންވާނީ ދަރިވަރުން ދުވަހުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް މަގުފަހިވާނެ ފަދަ ގޮތަށް ކަމަށެވެ.

އެއާއެކު ރައީސް ވަނީ، މައިންބަފައިންނަށް ކިޔަމަންތެރިވެ، މުދައްރިސުންގެ ބަސްއަހައި، ސްކޫލުތަކުގެ އިސްވެރިން އަންގާ މަގުން ކަންކަން ކުރުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ދަރިވަރުންގެ މުސްތަގުބަލު ގުޑުވާނުލެވޭ ފަދަ "ވަރުގަދަ ބިންގަލެއް" އެޅިގެން ދާނީ އޭރުންނެވެ.


"ރެނދު އަޅުވާނުލެވޭ ވަރުގެ ވަރުގަދަ ފައުންޑޭޝަނެއް އޭރުން އެ އެޅެނީ، ތިކުދިން ކިޔަވައިގެން ނިކުމެ، ބޮޑެތި މީހުންނަށްވެ، ކުރިއަށްދާން ބަލާއިރުގަ ބިންގާ އޮތީ ވަރަށް ވީކުކޮށް، ނޫނިއްޔާ ރެނދުއަޅާފަ ކަމަށް ވަންޏާ ގެއްލުންތަކެއް ހަޔާތުގަ ވެދާނެ،" ރައީސް ވިދާޅުވިއެވެ.


ރައީސް ވިދާޅުވީ ދަރިވަރުން ސްކޫލުތަކަށް ކިޔަވަން ދަނީ "އެ ބިންގާ" ވަރުގަދަކުރުމަށް ކަމަށެވެ. އެ ކަމަށް މަގުދައްކައިގެން ތިބީ މުދައްރިސުންނާއި ބެލެނިވެރިން ކަމަށާއި، މިކަމުގައި މުދައްރިސުންނާއި ބެލެނިވެރިންގެ ޒިންމާ ބޮޑު ކަމަށް ވިދާޅުވިއެވެ.

އެއާއެކު، ފަރުޟު ފަސް ނަމާދު ވަގުތުގައި އަދާކުރުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގަތެވެ.



ކޮމެންޓުތައް (0)

ގިނަވެގެން 450 އަކުރު
Advertisement
ad