Advertisement
ad

ފެންވަރު ވަޒަންކުރަން ގްރޭޑް 6ގެ ދަރިވަރުންނަށް މި އަހަރު އާ އިމްތިހާނެއް ފަށަނީ

2026-02-05 16:59 0 ކޮމެންޓް
Admin User
ފެންވަރު ވަޒަންކުރަން ގްރޭޑް 6ގެ ދަރިވަރުންނަށް މި އަހަރު އާ އިމްތިހާނެއް ފަށަނީ

ފެންވަރު ވަޒަންކުރަން ގްރޭޑް 6 ގެ ދަރިވަރުންނަށް މި އަހަރު އާ އިމްތިހާނެއް ފަށަން ނިންމައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

Advertisement
ad

ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ފަށާ ތައުލީމުގެ މަރުހަލާގެ ދަރިވަރުންގެ އުނގެނުން ހަރުދަނާ ގޮތެއްގައި މިންކުރެވިފައި ނެތް ކަމަށެވެ.

މަރުހަލާ ނިންމައި ހާސިލްކުރަން ގައުމީ މަންހަޖުގައި ހިމަނާފައިވާ ބައިތައް ހާސިލްވާ މިންވަރު ދެނެގަތުމަށްޓަކައި ފަށާ ތައުލީމު ނިންމައި ދަރިވަރުންގެ ތެރެއިން ކީ ސްޓޭޖް1 އަދި ކީ ސްޓޭޖް 2ގެ ދަރިވަރުންނަށް މިދިޔަ އަހަރު އާ އިމްތިހާނެއް ޓެސްޓު ކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ގައުމީ މަންހަޖުގެ އިމްތިހާނުގެ ނަމުގައި މި އަހަރުން ފެށިގެން ދޭން ނިންމާފައިވާ އެ އިމްތިހާނުގެ ނަތީޖާއާ އެކު ރާއްޖޭގެ ދަރިވަރުންގެ ފެންވަރު އެހެން ގައުމުތަކުގެ ދަރިވަރުންނާ އަޅާކިޔޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.


އޭގެ އިތުރުން ފަށާ ތައުލީމުގެ މުގައްރަރުތައް މުރާޖާކޮށް ކަރިކިއުލަމް އިންޓަގްރޭޝަން މޮޑަލްއެއް ތައްޔާރުކުރުމާ އެކު ކީ ސްޓޭޖް 1ގެ ދަރިވަރުންގެ ފޮތްތައް ތީމެޓިކް ފޮތްތަކުގެ ގޮތުގައި އަލުން އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ނަތީޖާއަކަށް ވާނީ އެކިއެކި މާއްދާތަކުގައި ކިޔަވާ ފިލާވަޅުތައް ގުޅުވާލެވި ދަރިވަރުންނަށް ފިލާވަޅުތައް ދަސްކުރަން ފަސޭހަވާނެހެން އުނގެނުމާއި އުގަންނައިދިނުން ބައްޓަންވުން،" ރައީސް ވިދާޅުވި އެވެ.

މިދިޔަ އަހަރު ޑިސެމްބަރުގައި އެ އިމްތިހާނު ޓެސްޓު ކުރުމަށް ދީފައި ވަނީ ގްރޭޑް 6ގެ ދަރިވަރުންނަށެވެ. އެ އިމްތިހާނު ދީފައިވަނީ ފަސް މާއްދާއިންނެވެ. އެއީ ދިވެހި، އިސްލާމް، ހިސާބު، އިނގިރޭސި އަދި ސައިންސް މާއްދާއިންނެވެ.

 އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އޯލެވެލް ނިންމާ ދަރިވަރުންގެ ނަތީޖާއަށް އަސަރުކުރަނީ ޕްރައިމަރީ ނަތީޖާ ދަށްވުމުންނެވެ.


ކޮމެންޓުތައް (0)

ގިނަވެގެން 450 އަކުރު
Advertisement
ad