Advertisement
ad

ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް: ޓްރޭޑް ކުރަން ދެން ފަސޭހަވާނެ

2025-10-29 12:07 0 ކޮމެންޓް
Admin User
ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް: ޓްރޭޑް ކުރަން ދެން ފަސޭހަވާނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިިން ޑިޖިޓަލް އާ ވޮލެޓް "ސްވައިޕް" ތައާރަފްކޮށްފިއެވެ.

Advertisement
ad

އެ ވޮލެޓް ތައާރަފް ކުރީ މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެމަނިކުފާނުގެ އަރިހުގައި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ވޮލެޓާ ގުޅޭ ގޮތުން ބީއެމްްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ދުނިޔޭގެ މަޝްހޫރު ޕޭމަންޓް ވޮލެޓްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފޮރެކްސް އަދި ޓްރޭޑިން ޕްލެޓްފޯމްތައް މެދުވެރިކޮށް ދިވެހިންނަށް ޓްރޭޑް ކުރެވޭނެ ފަސޭހަގޮތްތައް ހަމަޖައްސައިދިނުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ. އަދި އެ މަސައްކަތް ފަށާފައިވަނީ އިކޮނޮމިކް މިނިސްޓްރީއާ އެކު މި އަހަރު ކުރީކޮޅުގައި ކަަމަށް ވިދާޅުވިއެވެ.

ބޭންކުގެ ސީޓީއޯގެ ބެއްލެވުމުގެ ދަށުން ބޭންކުގެ ޓެކްނޮލޮޖީގެ ޓީމްގެ ތެރެއަށް ރާއްޖޭގައި ތިބި ޓެކްނޮލޮޖީއަށް މޮޅު ޒުވާނުން ގެނެސް، ޓީމެއް އެކުލަވާލައި، މީގެ 12 މަސްދުވަސް ކުރިން އެ ވޮލެޓް ހެދުމުގެ މަސައްކަތް ފެށި ކަމަށް ވިދާޅުވިއެވެ.

"މިއަދު ތައާރަފުކުރި ބީއެމްއެލްގެ އިންޓަނޭޝަނަލް ވޮލެޓް ސްވައިޕް އިން އަހަރު ނިމުމުގެ ކުރިން ހިދުމަތް ދޭން ފަށާނެ. އެއާ އެކު، ރާއްޖޭގެ ހުނަރުވެރިންގެ މަސައްކަތްތަކަށް ބޭރުން ލިބެން ޖެހޭ ފައިސާ އެއްވެސް އިތުރު ޗާޖަކާއި ނުލައި ވަގުތުން ލިބޭނެ. ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ރާއްޖޭގެ ޕްލެޓްފޯމެއް މެދުވެރިކޮށް ފަސޭހައިން ފައިސާ ދެއްކޭނެ މަގު ފަހިވެގެން ދާނެ. ދިވެހިންނަށް ފައިސާގެ މުއާމަލާތްކުރުމަށް އިތުރަށް ފަސޭހަ ވާނެ. ވިޔަފާރިވެރިންނަށް ވަގުތުން ފައިސާ ލިބޭނެ."ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްއިން ވިދާޅުވީ އެ ވޮލެޓަކީ ދިވެހި ވިޔަފާރިވެރިންނާއި ޒުވާނުންނަށް ފަސޭހަކަމާއިއެކު ކްރޮސް ބޯޑާ ޓްރާންސްސެކްޝަން ހިންގޭނެ ވަސީލަތެއް ކަމަށެވެ. އަދި އެއާއިއެކު ހަރަދު ކުޑަކޮށް ބޭރު ފައިސާ ރާއްޖެއަށް ގެނައުމަށް އެހީތެރިވެދޭނެ ކަމަށް ބީއެމްއެލް އިން ވިދާޅުވިއެވެ.

"އެ ވޮލެޓަކީ ދުނިޔޭގެ އެހެން ވޮލެޓްތަކާ އެއްގޮތަށް ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް ހުރެގެން ކޮންމެ މީހަކަށް ވެސް ބޭނުން ކުރެވޭނެ ވޮލެޓެއް." ބީއެމްއެލްއިން ވިދާޅުވިއެވެ.

އެހެން ގައުމުތަކުގެ ވޮލެޓްތަކެކޭ އެއްގޮތަށް އެ ވޮލެޓަކީ ވެސް އިންޓަނޭޝަނަލް ވޮލެޓެއް ކަމަށާއި މިއީ ޒުވާނުންނަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަން ހައްލުކޮށްދޭނެ ވަސީލަތެއް ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

ބީއެމްއެލްއިން ވިދާޅުވީ އެ ވޮލެޓް މެދުވެރިކޮށް ވަގުތުން ފައިސާ ލިބޭނެ ކަމަށެވެ. އަދި އެއްވެސް ފީ އެއް ނުނަގާނެ ކަމަށެވެ.

"އެ ވޮލެޓްގެ ސަބަބުން ދިވެހި ގައުމުގެ އުފެއްދުންތައް ބޭރަށް ވިއްކުމަށް އެހީވެދޭނެ. ފަތުރުވެރިކަން ކުރި އެރިވުމަށް އެހީވެދޭނެ." ބީއެމްއެލްއިން ވިދާޅުވިއެވެ.

އެ ވޮލެޓަކީ 100 އިންސައްތަ ދިވެހި އުފެއްދުމެއް ކަމަށާއި މިއީ ދިވެހި ޒުވާނުންގެ ހުނަރު ދައްކުވައިދޭ ފިންޓެކް އުފެއްދުމެއް ކަމަށް ވިދާޅުވިއެވެ. އަދި "ސްވައިޕް" ވޮލެޓުން މުޅި ދުނިޔެއާއި ރާއްޖެ ގުޅުވައިދޭނެ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.


ކޮމެންޓުތައް (0)

ގިނަވެގެން 450 އަކުރު
Advertisement
ad