ބީއެމްއެލް ވިސާ ޕްލެޓިނަމް ކާޑް: ދުވާލަކު 3،000 ޑޮލަރު ނެގޭނެ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ވިސާ ޕްލެޓިނަމް ކާޑުން ތައާރަފްކޮށް ރާއްޖޭގައި ދުވާލަކު 3000 ޑޮލަރު އަދި ރާއްޖެއިން ބޭރުގައި 5000 ޑޮލަރު ނެގޭ ގޮތަށް ހަމަޖައްސައިފިއެވެ.
އެ ކާޑު ތައާރަފްކޮށްފައިވަނީ މިއަދު ބީއެމްއެލްއިން ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.
ވިސާ ޕްލެޓިނަމް ކާޑް އިފްތިތާހްކޮށްދެއްވާފައިވަނީ އިގްތިސޯދާއި ބެހޭ ވަޒީރު މުހައްމަދު ސައީދެވެ. އަރިހުގައި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ މުހައްމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.
ބީއެމްއެލްއިން ވިދާޅުވީ އެ ކާޑަށް މިހާރު ވެސް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ނުވަތަ ބީއެމްއެލްގެ މޯބައިލް އެޕް މެދުވެރިކޮށް އެޕްލައިކުރެވޭނެ ކަމަށެވެ.
އަދި އެ ކާޑުން ބީއެމްއެލްގެ އޭޓީއެމްތަކުން މިހާރު ނެގޭވަރަށްވުރެ ދެ ގުނަ ބޮޑުކޮށް ނެގޭނެ ކަމަށް އެ ބޭންކުން ވިދާޅުވިއެވެ. ރާއްޖެއިން 3200 ޑޮލަރު ދުވާލަކު ނެގޭނެ ކަމަށާއި އަދި ރާއްޖެއިން ބޭރުގައި ޑޮލަރު އެކައުންޓުން ދުވާލަކު 5000 ޑޮލަރު ނެގޭނެ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.
ބީއެމްއެލްއިން ވިދާޅުވީ އެ ކާޑާއެކު ވިސާ ބައިނަލްއަގްވާމީ އޮފާތަކާއި 24 ގަޑައިރު ވިސާ ޕްލެޓިނަލް ކޮންލަންޓޭޝަން ވެސް ލިބޭނެ ކަމަށެވެ.

ކޮމެންޓުތައް (0)