Advertisement
ad

ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި އެކަކު މަރުވެއްޖެ

2025-11-02 20:41 0 ކޮމެންޓް
Admin User
ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި އެކަކު މަރުވެއްޖެ

އެމްޕީއެލް ބަނދަރު ސަރަހައްދު ބޭރުން ކޮޅުވެއްޓިއެއް މިއަދު ހަވީރު ބަންޑުން ޖަހާލައި ހަ މީހަކަށް އަނިޔާވެއްޖެ އެވެ.

Advertisement
ad

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ހާދިސާގެ ރިޕޯޓު ލިބުނީ ހަވީރު 3:55 ހާއިރު ކަމަށެވެ.

އެ ހާދިސާގައި އަނިޔާވެގެން އައިޖީއެމްއެޗަށް ފުރަތަމަ ގެންދިޔައީ ތިން މީހެކެވެ. ނަމަވެސް، ފަހުން އިތުރު ތިން މީހަކު އެ ހޮސްޕިޓަލަށް ގެންގޮސް އިމަޖެންސީގައި އަންނަނީ ފަރުވާ ދެމުންނެވެ. އެއީ ހަތަރު ދިވެހިންނާއި ދެ ބިދޭސީއެކެވެ.

އެ ހޮސްޕިޓަލުން ބުނީ އެ މީހުންނަށް ފަރުވާ ދެމުން އަންނާތީ ލިބުނު އަނިޔާތައް އަދި ސާފުނުވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި، ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އޭގެ ތެރޭގައި މީހަކު ހުރި ކަމަށެވެ. ކޯސްޓުގާޑު ޑައިވަރުން ކުރި މަސައްކަތުން އެ މީހާ ނަގާފައިވާ ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ، ކޮޅުވެއްޓީގައި ތިބީ 14 މީހުން ކަމަށާއި އެ އެންމެން މިހާރު ފެނިފައިވާ ކަމަށެވެ.

އަނިޔާވި މީހުންގެ ތެރެއިން އެންމެ ބޮޑަށް އަނިޔާވީ ބިދޭސީއަކަށް. ފުލުހުން ބުނި ގޮތުގައި އެ މީހާގެ ހާލު ސީރިއަސްއެވެ.

ފުލުހުން ބުނި ގޮތުގައި މިއަދު ހަވީރު ހަތަރެއް ޖަހަން އުޅެނިކޮށް ހިނގި މި ހާދިސާގައި މަރުވީ ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އުމުރުން 32 އަހަރުގެ މަސްއޫދު ހުސައިންއެވެ. އޭނާއަކީ އެމްޕީއެލްގައި މަސައްކަތްކުރާ މީހެކެވެ.


ކޮމެންޓުތައް (0)

ގިނަވެގެން 450 އަކުރު
Advertisement
ad