Advertisement
ad

ގާބުރިއެއް އެއްލައި ފުރުގާން މިސްކިތުގެ ދޮރެއް ތަޅާލައިފި

2025-11-02 20:46 0 ކޮމެންޓް
Admin User
ގާބުރިއެއް އެއްލައި ފުރުގާން މިސްކިތުގެ ދޮރެއް ތަޅާލައިފި

ބޮޑު ގާބުރިއެއް އެއްލައި، މާލެ ފުރުގާން މިސްކިތުގެ ދޮރެއްގެ ބިއްލޫރިގަނޑު ރޭ ތަޅާލައިފި އެވެ.

Advertisement
ad

ފުލުހުން މިއަދު ބުނީ ފުރުގާން މިސްކިތުގެ ދޮރެއްގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ މައްސަލައެއް ރޭ ދަންވަރު 2:00 ޖެހި ފަހުން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި، ގެއްލުން ދީފައި ވަނީ އެ މިސްކިތުގައި އަންހެނުން ނަމާދުކުރާ ބަޔަށެވެ. އެ ބަޔަށް ވަންނަ ބޭރު ދޮރު ތަޅާލީ ޕޭވްމަންޓް ގަލެއް އެއްލައިގެންނެވެ. ގާބުރިން ޖެހިގެން އެ މިސްކިތުގެ ބައެއް ތަށިމުށިތައް ވެސް ވަނީ ތަޅައިގެން ގޮސްފަ އެވެ.

އެ މިސްކިތުގެ ފާހާނާތަކުގެ ދޮރުތަކުގެ ތަޅުތައް ވެސް ހަލާކު ކޮށްލާފައިވެ އެވެ.

މާލޭގެ މިސްކިތްތަކަށް ގެއްލުން ދޭ މައްސަލަ އާއި މިސްކިތްތަކުން ވައްކަން ކުރާ މައްސަލަތައް ވަރަށް ގިނައިން މި އަހަރު ވަނީ ރިޕޯޓްކޮށްފަ އެވެ.



ކޮމެންޓުތައް (0)

ގިނަވެގެން 450 އަކުރު
Advertisement
ad