Advertisement
ad

ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދު އިތުރުވެއްޖެ!

2025-11-27 02:18 2 ކޮމެންޓް
Admin User
ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދު އިތުރުވެއްޖެ!

މިފަހަކަށް އައިސް އެންމެ ބޮޑަށް ދެކެވެންފެށުނު ވާހަކައަކީ މި މަހުގެ 14 ވަނަ ދުވަހުގައި ވެރިކަންކުރާ ކޮންގްރެސް ޕާޓީއިން އާޓިފިޝަލް ބީޗުގައި ބޭއްވި އެއްުވުމަކީ މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އެއްވުންކަމުގައެވެ. އޭގެ ފަހުން ސޯޝަލް ސެންޓަރުގައި ރައީސް މުއިއްޒު ހުށަހެޅުއްވި 2 ގަޑިއިރުގެ ޕްރެޒެންޓޭޝަނުގައި އެ މަނިކުފާނުގެ ސަރުކާރުން ކުރަން ފަށާފައިވާ ކަންތައްތަކާއި މި އަހަރު ތެރޭގައި ފަށާނެ ގިނަ ކަންތައްތައް ހުށަހެޅުމާއެކު، ރާއްޖެ ދުވަހަކުވެސް ނުދެކޭފަދަ ތަރައްގީއަކަށް މިސްރާބު ޖަހައިފި ކަމުގައި ގިނަ ބަޔަކު ދެކެން ފަށައިފިއެވެ. ބަނގުރޫޓުވުމާ ކައިރިވެފައިވާ ގައުމެއް، ލޯނުތައް ދައްކައި ގައުމު ކޮޅަށް ނެގުމުގެ ގާބިލްކަން ރައީސް މުއިއްޒުގެ އެބަހުރި ކަމަށާއި އެމަނިކުފާނަކީ ހީވާގި ބޭފުޅެއްކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ޝުއޫރު ފާޅުކުރަމުންނެވެ.

Advertisement
ad


ރައްޔިތުންނާ ބައްދަލުކުރުމަށް މި ފަހަކުން ބޭއްވުނު ބައްދަލުވުމެއްގެ ތެރެއިން މީހަކު ވަނީ، ފަހުގެ ތާރީޚެއްގައި (ރާއްޖެއަށް ގިނަ ޕާޓީތަކެއް އެކުލެވިގެން މި ގެނެވުނު ޑިމޮކްރެސީގެ ފަހުން) ދައުރުގެ ތެރެއިން ރައްޔިތުންނާ ބައްދަލުކުރެއްވި ހަމަ އެކަނި ރައީސަކީ ޑރ. މުއިއްޒުކަމަށް ބުނެ .ރައީސަށް ޝުކުރު އަދާކުރައްވާފައެވެ


މިހާރު ކުރިޔަށް ގެންދަމުންދާ ބައްދަލުވުން ތަކުގައި މިނިވަންކަމާއެކު ރައްޔިތުން ބޭނުންވާ ކަންތައްތައް ހުށަހެޅުމަށް ރައީސް ފުރުސަތު ދެއްވާކަމީ ރައްޔިތުންނަށް އަޑުއުފުލުމުގެ މިނިވަންކަން ދިނުމަށް ރައީސް ބާރުއަޅުއްވާކަމުގެ ފުރިހަމަ ހެއްކެކެވެ. މި ބައްދަލުވުންތަކުގައި ރައްޔިތުންގެ އަޑު އައްސަވައި، ރައްޔިތުން ބޭނުންވާ ކަންކަމަށް ރައީސް ހައްލުހޯއްދަވައިދެއްވައެވެ. ކަން މިހެން ހުރުމާއެކު، މިފަހަކުން ރައްޔިތުންގެ މެދުގައި ނެގުނު ޕޯލްތަކުން ދައްކަނީ ރައީސް މުއިއްޒުގެ ސަރުކާރަށް ރައްޔިތުން އިތުބާރުކޮށް ތާއީދުކުރާކަމަށެވެ.


އެކި ރޮނގުތަކުން ގެންނަމުންދާ ތަރައްގީއާ މެދު ރައްޔިތުން ތިބީ ވަރަށް ހިތްހަމަޖެހިފައެވެ. ސަރުކާރާ ހަވާލުވިއިރު ގައުމު ފަގީރު ހާލަތުގައި އޮތަސް، އިގްތިސާދީ ހާލަތު މިހާރު ބަދަލުވަމުންދާކަމައި، އެކި އެކި ރަށްރަށުގައި ގިނަ ޕްރޮޖެކްޓްތަކެއް ފެށިގެން ކުރިޔަށްދާ ދިޔުމަކީ ގިނަ ބައެއްގެ ތާއީދު ރައީސް މުއިއްޒަށް ލިބުމަށް މެދުވެރިވި ސަބަބެކެވެ.


"ދިވެހީންގެ ރާއްޖެ" މި ޝިއާރުގެ ދަށުން ގައުމުގެ އިޖުތިމާޢީ ފޭރާން ރަނގަޅުކުރުމާއި، ޅަދަރިންގެ އަހުލާގާއި ސިއްހަތަށް ރައީސް ދެއްވާ އަހަންމިއްޔަތު މި ފުރުސަތުގައި ފާހަގަކޮށްލުން ކޮންމެހެންވެސް މުހިންމެވެ. ރައްޔިތުން އެދެނީ ރައީސް މުއިއްޒުގެ ޒައާމަތުގައި މި ގައުމަށް ފަހި މުސްތަގްބަލާއި ކުރިއެރުމެވެ.


ކޮމެންޓުތައް (2)

ގިނަވެގެން 450 އަކުރު
A
Anonymous 2025-11-29

Kureege ehves raees akai gaath nuvaa varah raees aai rayyithun gaath vejje!

A
Anonymous 2025-12-02

ތީހަމަ ވަރަށް ރަނގަޅު ވާހަކަޔެއް މިވަގު ބޮޱައް ބޭނުންވަނީ އަޙުލާގު ރަނގަޅު ވެރިޔެއް އޭގެފަހުގަ ދެންހުރިކަނތަކަށް ވިސްނަން ޖެހޭނީވެސް މިހާރު ގައުމު އޮތް ހާލަތުން

Advertisement
ad