Advertisement
ad

ވެރިކަމުގައި ހުންނަވައި ކައިވެނި ކުރެއްވި، އޮސްޓްރޭލިއާގެ ފުރަތަމަ ބޮޑުވަޒީރަކަށް އަލްބަނީޒް

2025-11-29 23:05 0 ކޮމެންޓް
Admin User
ވެރިކަމުގައި ހުންނަވައި ކައިވެނި ކުރެއްވި، އޮސްޓްރޭލިއާގެ ފުރަތަމަ ބޮޑުވަޒީރަކަށް އަލްބަނީޒް

ވެރިކަމުގައި ހުންނަވައި ކައިވެނިބައްލަވައިގެން އޮސްޓްރޭލިއާގެ ފުރަތަމަ ބޮޑުވަޒީރަކަށް މިހާރުގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީޒް ވެވަޑައިގެންފިއެވެ.

Advertisement
ad


ލޯބިވެރިޔާ ޖޯޑީ ހައިޑަންއާ، އަލްބަނީޒް ކައިވެނި ބައްލަވައިގަތީ މިއަދު މެންދުރުފަހު، ވެރިރަށް ކެންބަރާގައެވެ.

"އަހަރެމެންގެ މުސްތަގުބަލު، އާއިލާއާއި އެންމެ ގާތް ރައްޓެހިންނާއެކުގައި ހިއްސާ ކުރުމަކީ އުފާވެރި ކަމެއް،" އަލްބަނީޒް ނެރުނު ކުރު ބަޔާނެއްގައި ވިދާޅުވިއެވެ.

އެ ދެމަފިރިން އެންގޭޖްވީ މިދިޔަ އަހަރު ލޯބިވެރިންގެ ދުވަހުއެވެ. ކައިވެނީގެ ރިސެޕްޝަން ކުރިއަށް ގެންގޮސްފައިވަނީ ރަސްމީ ގެކޮޅު ކަމަށްވާ ދަ ލޮޖްގައެވެ.



ކައިވެނީގެ ހަފްލާގައި ދެފަރާތުގެ އާއިލާއާއި އަލްބަނީޒްގެ ކެބިނެޓް މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގަތެވެ.

ދެހާސް ބާވީސް ވަނަ އަހަރުން ފެށިގެން އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ މަގާމު އަދާކުރައްވަމުން އަންނަ އަލްބަނީޒްއަކީ އެ ގައުމުގެ 31 ވަނަ ބޮޑު ވަޒީރެވެ.



ކޮމެންޓުތައް (0)

ގިނަވެގެން 450 އަކުރު
Advertisement
ad