Advertisement
ad

ނޮވެމްބަރު 2 ބަންދު، ނަސްރުގެ ދުވަހާ އެކު ހަތަރު ދުވަސް ބަންދު

2025-07-28 06:22 0 ކޮމެންޓް
Admin User
ނޮވެމްބަރު 2 ބަންދު، ނަސްރުގެ ދުވަހާ އެކު ހަތަރު ދުވަސް ބަންދު

ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ، ނޮވެމްބަރު 3 އާ ގުޅުވައި، އެ މަހުގެ ދެ ވަނަ ދުވަސް ވެސް ބަންދުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

Advertisement
ad


ނޮވެމްބަރު 3 ދިމާވަނީ ހޯމަ ދުވަހަކަށެވެ. އެހެންވެ ދެ ވަނަ ދުވަސް ބަންދުކުރުމުން ހަފްތާ ބަންދާ އެކު ހަތަރު ދުވަސް ބަންދުވާނެ އެވެ.


ރައީސް އޮފީހުން ބުނީ މިގޮތަށް ބަންދުކުރަން ރައީސް ނިންމެވީ ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް ޗުއްޓީ ލިބޭނެ ގޮތަށް ހަމަޖެއްސުމަށް ކަމަށެވެ.


ނަސްރުގެ ދުވަހަކީ ދިވެހިންގެ ބަޔަކު ބައިވެރިވެގެން ނޮވެމްބަރު 3، 1988 ވަނަ ދުވަހު ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ރާއްޖެއަށް ލިބުނު ނަސްރު ފާހަގަކުރާ ދުވަހެވެ.


ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އިސްވެ ހުރެ ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޯޓްގެ ހަނގުރާމަވެރިންނާ ގުޅިގެން ރާއްޖޭގެ ވެރިކަން ބަދަލުކުރަން ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ. އަދި އެތައް ބަޔަކަށް ބޮޑެތި ޒަހަމުތައްވެ އަނިޔާވި އެވެ.





ކޮމެންޓުތައް (0)

ގިނަވެގެން 450 އަކުރު
Advertisement
ad