Advertisement
ad

އެންމެން އާޝޯޚުކޮށްލި މިސްކިތް އޭދަފުށީގައި ބިނާކުރެއްވި، މުޙައްމަދު އަލީ ނިޔާވެއްޖެ

2025-12-01 12:18 0 ކޮމެންޓް
Admin User
އެންމެން އާޝޯޚުކޮށްލި މިސްކިތް އޭދަފުށީގައި ބިނާކުރެއްވި، މުޙައްމަދު އަލީ ނިޔާވެއްޖެ

ބ. އޭދަފުށީގައި އެންމެ ރީތި މިސްކިތް ބިނާކޮށްދެއްވި، މުހައްމަދު އަލީ މިރޭ ނިޔާވެއްޖެއެވެ.

Advertisement
ad

އުމުރުން 91 އަހަރުގެ މުހައްމަދު އަލީ ނިޔާވީ އިންޑިއާގައި ސިއްހީ ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

މުހައްމަދު ނިޔާވިއިރު، އުޅުއްވީ، މުސްކުޅި ބަލީގައެވެ. އެހެންވެ، އޭނާ އިންނަވަނީ ފުރޮޅުލީ ގޮނޑިއެއްގައެވެ.

ރާއްޖޭގައި ހުންނާނެ އެންމެ ޗާލު، އެންމެ ރީތި މިސްކިތުގެ ގޮތުގައި ސިފަކޮށްފައިވާ، މަސްޖިދުލް މުހައްމަދު އަލީ ހުޅުވީ މިދިޔަ މާރިޗު މަހުގެ 20ގައެވެ.

އެ މިސްކިތް ބިނާކުރީ، ވިޔާފަރިވެރިޔެއް ކަމަށްވާ މުޙައްމަދު އަލީގެ ޚަރަދުގައެވެ.

މީގެ ހަތަރު އަހަރު ކުރިން އަމަލީ މަސައްކަތް ފެށި އެ މިސްކިތް ގިނަ ބަޔަކަށް ކަމުދިޔައީ، ރާއްޖޭން އާންމުކޮށް ނުފެންނަ ހިތްގައިމު އިސްލާމީ ޑިޒައިނަކަށް މި މިސްކިތް ހުރުމުންނެވެ.

ދެ ފަންގިފިލާއަށް އިމާރަތްކޮށްފައިވާ މުޙައްމަދު އަލީގައި 1،200 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެއެވެ.



އޮމާނާއި އުޒަބަކިސްތާނާއި ދުބާއީއާއި ސައުދީ އަރަބިއްޔާއާއި ތުރުކީގެ މިސްކިތްތައް އަސްލަކަށް ބަލައިގެން ފަރުމާކުރި، އެ މިސްކިތަކީ މިހާރު ގިނަ ބައެއް މެދުގައި މަގުބޫލު މިސްކިތެކެވެ. އެ ތަނުގެ ފަރުމާތަކާއި މިސްކިތުގެ ފުރިހަމަކަމަށް ގިނަ ބަޔަކު ތައުރީފު ކުރެއެވެ.

މުހައްމަދު އަލީ ވަނީ އޭދަފުއްޓަށް ގިނަ ޚިދުމަތްތަކެއް ކުރައްވައި، ރަށް ތަރައްގީ ކުރުމުގައި މުހިންމު މަސައްކަތްތަކެއް ކުރައްވައިފައެވެ. އަދި އޭނާ ވިޔަފާރި ކުރެއްވި ދުވަސްވަރު، އަމިއްލަ މަސްދޯނިފަހަރާއި މުދާ އުފުލާ ދޯނިތައް ވެސް ގެންގުޅުއްވިއެވެ.

މީގެ އިތުރުން ބ. އަތޮޅުގެ ބައެއް ފަޅު ރަށްރަށާ ހަވާލުވެ، ބަލަހައްޓަވައި، ބަކަރި ގެންގުޅުއްވިއެވެ.



ކޮމެންޓުތައް (0)

ގިނަވެގެން 450 އަކުރު
Advertisement
ad