Advertisement
ad

ބިސްކޯދު ބޮނޑިއެއް ޖިންސު ތެރެއަށްލައި، ވައްކަންކޮށްގެން 10 ދުވަހަށް ބަންދަށް

2025-12-02 13:22 0 ކޮމެންޓް
Admin User
ބިސްކޯދު ބޮނޑިއެއް ޖިންސު ތެރެއަށްލައި، ވައްކަންކޮށްގެން 10 ދުވަހަށް ބަންދަށް

ބިސްކޯދު ބޮނޑިއެއް ޖިންސު ތެރެއަށް ލައި، ވައްކަން ކުރި މީހަކު ދިހަ ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

Advertisement
ad

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، 43 އަހަރުގެ މީހެކެވެ.

އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ)އާ ހަވާލާދީ، ކޯޓު އަމުރުގައި ވަނީ، އޭނާ ފުލުހުންނާ ހަވާލުކުރީ ބިސްކޯދު ބޮނޑިއެއް ޖިންސް ތެރެއަށްލާތަން ފިހާރައިގެ ކެމެރާއިން ފެނިގެން ކަމަށެވެ.

މި މައްސަލައިގައި ވަކީލެއްގެ ފުރުސަތު ބޭނުންވާ ކަމަށް ކޯޓުގައި ހައްޔަރުކުރި މީހާ ވަނީ ބުނެފައެވެ. އެހެންވެ، ޝަރީއަތުގައި ދައްކާ ވާހަކަތަކަކީ، އޭނާއާ ދެކޮޅަށް ބޭނުންކުރެވިދާނެ ވާހަކަތަކެއްކަން ހަނދާންކޮށްދިން ކަމަށް އަމުރުގައި ވަނީ ބުނެފައެވެ.

ކަސްޓޯޑިއަލްއިން ފޯނު ކޯލް ފުރުސަތު ދިނުމުން "ބޭނުންނުވާ" ކަމަށް އެމީހާ ބުނިކަމަށް އަމުރުގައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި، އޭނާއަކީ، ބަންދުގެ ރިކޯޑު އޮތް މީހެކެވެ.

މީގެ ކުރިން ވެސް ފިހާރަތަކުން ކުދިކުދި ތަކެތި ވަގަށް ނަގައިގެން މީހުން ހައްޔަރުކޮށްފައި އެބަހުއްޓެވެ.



ކޮމެންޓުތައް (0)

ގިނަވެގެން 450 އަކުރު
Advertisement
ad