Advertisement
ad

ނިދާ ތަނުގައި ކުރުނބާ ފަނި ބަންދުކޮށްގެން ވިއްކާ ބަޔަކު ހައްޔަރުކޮށްފި

2025-12-02 17:34 0 ކޮމެންޓް
Admin User
ނިދާ ތަނުގައި ކުރުނބާ ފަނި ބަންދުކޮށްގެން ވިއްކާ ބަޔަކު ހައްޔަރުކޮށްފި

ނިދާ ތަނުގެ ތެރޭގައި ކުރުނބާ ފަނި ފުޅީގައި ބަންދުކޮށްގެން ވިއްކާ ދެ ބިދޭސީއަކު ފުލުހުންނާއި އިމިގްރޭޝަންގެ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފި އެވެ.

Advertisement
ad

ދެ އިދާރާ ގުޅިގެން ހިންގި އެ އޮޕަރޭޝަނާ ގުޅިގެން ފުލުހުން ބުނީ ބިދޭސީން ދިރިއުޅެމުންދާ ތަނެއް އިއްޔެގެ ވަގުތެއްގައި ބަލައިފާސްކޮށް، ދެ ފިރިހެނަކު އިމިގްރޭޝަނުގެ ބެލުމުގެ ދަަށަށް ގެންދިޔަ ކަމަށެވެ.


އެތަން ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ކުރުނބާ އަދި ހުސްފުޅިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެެ.


ފުލުހުން ބުނި ގޮތުގައި އެތަނަކީ ކުރުނބާ އާއި ކުރުނބާ ފަނި ފުޅި ތައްޔާރުކުރުމަށް ފަހު އެކި ފިހާރަތަކަށް ޑެލިވަރީ ކުރުމުގެ މަސައްކަތް ކުރަމުން އައި ތަނެކެވެ.


ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ހަދައިގެން ވިއްކަމުން ދިޔަ އެތައް ބިދޭސީންނެއް މީގެ ކުރިން ވެސް އަތުލައިގެންފައިވެ އެވެ. އަދި އެ މީހުން ވަނީ ޑީޕޯޓްކޮށްފަ އެވެ.


ބިދޭސީން ގާނޫނާ ހިލާފަށް ވިޔަފާރިކުރާކަމުގެ ޝަކުވާތައް ލިބެމުންދާތީ އިކޮނޮމިކް މިނިސްޓްރީން ވަނީ އެފަދަ ފަރާތްތައް ރިޕޯޓުކުރުމަށް ވެސް މި ހަފްތާގައި އެދިފަ އެވެ.


ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައުލޫމާތު ލިބިފައިވާ ނަމަ، އެ ފަރާތްތަކުގެ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓު ނުވަތަ އެ މިނިސްޓްރީގެ ނަމްބަރު 3333199 އަށް ގުޅައިގެން ނުވަތަ އިމުގަ ޕޯޓަލް އިން މައްސަލަ ހުށަހެޅޭނެ އެވެ.


ކޮމެންޓުތައް (0)

ގިނަވެގެން 450 އަކުރު
Advertisement
ad