ވަރިކުރީ ރުޅި އައިސްގެން ކަމަށް ބުނެ ހުވާކުރުމުން ވަރިއެއް ނޫން ކަމަށް ފެމިލީ ކޯޓުގެ ގާޒީ ކަނޑައަޅައިފި
"ތިއިނީ ވަރިކޮށްފައި" ކަމަށް ބުނެ، އަނބިމީހާ ވަރިކުރަން އިބާރާތް ބޭނުން ކުރެވުނީ އަމިއްލަ ނަފުސަށް ކޮންޓްރޯލް ނޯންނަ މިންވަރަށް ރުޅި އައިސްގެން ހުރެ ކަމަށް ޝަރީއަތުގެ މަޖިލީހުގައި ހުވާ ކުރުމުން، އެ ވަރި ސާބިތުނުވާ ކަމަށް ފެމެލީ ކޯޓުން ކަނޑައަޅައިފި އެވެ.
ރުޅި އައިސްގެން ހުރެ ބުނާ ވަރީގެ ބަހުގެ ސަބަބުން އަނބިމީހާ ވަރިވުން ނުވަތަ ވަރިނުވުމާ މެދު އާއިލާއާ ބެހޭ ގާނޫނާއި ގަވައިދުގައި ވެސް ވަކި ގޮތެއް ކަނޑައަޅާފައެއް ނުވެ އެވެ. އާންމުކޮށް މިފަދަ މައްސަލަތަކުގައި ވެސް ވަރި ސާބިތުވާ ކަމަށް ކަނޑައަޅަ އެވެ.
"މިހާރު" އަށް ލިބިފައިވާ ރުޅީގެ ވަރިއާ ގުޅޭ މި ހުކުމް އިއްވެވީ ފެމެލީ ކޯޓުގެ ގާޒީ ޒައީމާ ނަޝީދު އަބޫބަކުރެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ގާޒީ ޒައީމާ ހުކުމް އިއްވެވީ ފިރިހެން މީހާ ކޯޓުން ބޭރުގައި ވަރީގެ އިބާރާތް ބޭނުންކޮށް އަންހެނުން ވަރިކުރި ކަމަށް ބުނެ ވަރި ސާބިތު ކުރުމަށް ހުށަހެޅި މައްސަލައެއްގަ އެވެ. އެ ކައިވެންޏަށް ދެ ދަރިން ލިބިފައިވަނިކޮށް "ކަލޭ ތިއިނީ ވަރިކޮށްފައި" ކަމަށް ފިރިހެން މީހާ ބުނެފައިވަނީ ދެމަފިރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގަ އެވެ.
އެ އިބާރާތް ބޭނުން ކުރުވުމުން ވަރި ސާބިތުކުރަން ކޯޓަށް ހުށަހަޅައި، ފިރިހެން މީހާ ބުނެފައިވަނީ އެކަން ކުރެވުނީ ބޭއިހްތިޔާރުގައި ކަމަށެވެ. އޭނާ ހުރީ ކިޔޭނުކިޔޭ އެއްޗެއް ނޭނގޭ ހާލަތުގައި ކަމަށާއި އަނބިމީހާ ވަރިކުރުމުގެ އެއްވެސް ނިޔަތެއް އޭނާގެ ނެތް ކަމަށް ޝަރީއަތުގައި ބުނެފައިވެ އެވެ.
ޝަރީއަތުގައި އަންހެން މީހާ ބުނެފައިވަނީ ވަރިކުރިއިރު ފިރިމީހާ ހުރީ ވަރަށް ގަދައަށް ރުޅި އައިސްފައި ކަމަށާއި ނަމަވެސް، ފިރިމީހާ ހުރީ އަމިއްލަ ނަފުސު ކޮންޓްރޯލް ނުކުރެވޭ މިންވަރަށް ރުޅި އައިސްފައި ނޫން ކަމަށެވެ.
މި މައްސަލަގައި ފިރިހެން މީހާ ވަނީ ވަރިކުރަން އިބާރާތް ބުނެވުނީ ނިޔަތެއް އަދި ގަސްދެއް ނެތި ކިޔޭނުކިޔޭ އެއްޗެއް ނޭނގޭ ވަރަށް ރުޅިއައިސްފައި ހުރުމުން ކަމަށް ބުނެ ޝަރީއަތުގައި ހުވާކޮށްފަ އެވެ. އެހެންވެ އެ ކަމުގެ މައްޗަށް ބަލައި، ގާޒީ ނިންމެވީ އެ ދެމީހުންގެ ދެމެދު ވަރި ހިނގާފައިވާ ކަމަށް ބެލޭނެ ތަނެއް ނެތް ކަމަށެވެ.
އެ ނޫން ގޮތަކަށް އެކަން މާނަކުރާ ނަމަ އެކަން ވާނީ އެކަމުގެ ސަބަބުން އުފުލަން ދަތި އެތައް ކަމެއް މީހުންނަށް ތަހައްމަލުކުރަން ޖެހިދާނެ ބޮޑު ބުރައަކަށް ކަމަށް ހުކުމްގައި ބުންޏެވެ.
ރުޅި އަކީ ހަނދާން ނެތުމާއި އޮޅުންއެރުމާއި މަޖުބޫރުވުމާއި މޮޔަވުމާއި ބިރުގަތުމާއި ދެރަވުން ފަދައިން މީހާގެ ނަފުސަށް ކުރިމަތިވާ ހާލަތެއް ކަމަށާއި ޝަރުއީ ގާއިދާއަކީ ނަފުސަށް ކުރިމަތިވާ މިފަދަ ހާލަތްތަކަށް ރިއާޔަތްކޮށް ހުކުމް ބިނާވުން ކަމަށް ވެސް ހުކުމްގައި ގާޒީ ފާހަގަކުރެއްވި އެވެ.
ހުކުމްގައި ފާހަގަކުރި ގޮތުގައި، ވަރިވެއްޖެ ކަމަށް ކަނޑައެޅުމަކީ ޝަރުއީ ހުކުމެއް ކަނޑައެޅުމެވެ. އެފަދަ ހުކުމްތައް ކަނޑައަޅަން ވާނީ ބާރު ލިބޭ ދަލީލެއްގެ މައްޗަށް ބިނާކޮށް ކަމަށް ހުކުމްގައި ވެ އެވެ. ރުޅި އައިސްފައިވާ މީހާއަށް ބުނެވޭ ބަހެއްގެ ސަބަބުން އޭނާގެ އަނބިމީހާ ވަރިވާނެކަން އެނގޭ ފަދަ ސަރީހަ ދަލީލެއް ނެތް ކަން ގާޒީ ފާހަގަކުރެއްވި އެވެ.
ވަރިކުރަން ބުނާ އިބާރާތް ފުރިހަމަ ވާނީ، ގާޒީ ވިދާޅުވެފައިވާ ގޮތުގައި ދެ ބައެއް ފުރިހަމަވެގެންނެވެ. އެއީ، ވަރީގެ އިބާރާތެއް ބުނުމާއި ވަރިއެއް ނޫން ކަމަށް ބެލެން ހުރި އެހެން ހުރިހާ ކަމެއް ފިލައިގޮސްފައިވުމެވެ.
ހަމައެކަނި އެއްޗެއް ބުނުމަކީ ވަރީގެ ބަސް ފުރިހަމަވުން ނޫން ކަމަށާއި އޭގެ އިތުރުން ބަސް ބުނާ މީހާއަކީ މުކައްލަފެއް ކަމުގައިވުމާއި އެ ބުނެވެނީ ކޮން އެއްޗެއް ކަން އޭނާއަށް އެނގުމާއި އެ ބަސް ބުނުމުގެ ގަސްދު މީހާގެ ކިބަގައި އޮތުމަކީ ބަސް ފުރިހަމަވުމަށް ބޭނުންވާ ބައިތަކެއް ކަމަށް ހުކުމްގައި ބުންޏެވެ.
ރުޅި އައިސްގެން ހުރެ ވާހަކަ ދައްކާ މީހާގެ ކިބާގައި އެ ހުރިހާ ސިފަތަކެއް ފުރިހަމަ ނުވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ކޮމެންޓުތައް (0)