Advertisement
ad

މިރޭ ކުޅުނު ބްރެޒިލްގެ މެޗު ރާއްޖޭގެ ގިނަ ބަޔަކަށް ނުބެލުނު

2026-06-30 01:11 0 ކޮމެންޓް
މުހައްމަދު
މިރޭ ކުޅުނު ބްރެޒިލްގެ މެޗު ރާއްޖޭގެ ގިނަ ބަޔަކަށް ނުބެލުނު

މިރޭ ކުޅުނު ފީފާ 2026 ބްރެޒިލްއާ ޖަޕާންގެ މެޗު ރާއްޖޭގެ ގިނަ ބަޔަކަށް ނުބެލުނު މައްސަލާގައި ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފިއެވެ. މިގޮތުން ގޭގައި މެޗު ބަލަން މަސައްކަތްކުރި ފަރާތްތަކަށް މެޗު ބެލުމުގެ ހުރަހަކަށްވީ މީޑިޔާނެޓަށް ރަނގަޅު ސްޕީޑްގައި ކަނެކްޓް ނުވުމުގެ ސަބަބުން، ލޮގިން ނުވެވުމާއި ކޮންޓެންޓް ލޯޑުވުމުގެ މައްސަލަތައް ދިމާވެގެންނެވެ.

Advertisement
ad

ބައެއް މީހުންނަށް ބެލުނީ މެޗުގެ ފުރަތަމަ ހާފެވެ. ބައެއް މީހުންނަށް އެއްވެސް ގޮތަކަށް އެއްވެސް ޗެނަލެއް ބެލޭ ގޮތެއް ނުވިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ތިބި ގިނަ ބަޔަކު ދިޔައީ "މީޑިޔާނެޓް އިސްތިއުފާ" އޭ ކިިޔައި މުޒާހަރާކުރަމުންނެވެ.

ދިމާވާ މިފަދަ ކަންކަމުގައި މީޑިޔާނެޓުގެ ހިދުމަތް ދަށް ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ. މި ގޮތުން މީޑިޔާނެޓްގެ ހޮޓްލައިނަށް ނުގުޅޭ ގޮތަށް ހަދާފައި އޮތުމާއި، ހޮޓްލައިން ވައިބާ ނަންބަރުން ޖަވާބު ނުދޭ މައްސަލަ ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

މީގެ ކުރީ އަހަރުތަކުގައި މިފަދަ އެއްވެސް ކަމެއް ދިމާވެފައި ނުވާއިރު، މިއަހަރު މި ގޮތަށް ދިމާވުމުން ގިނަބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. މީޑިޔާނެޓަށް ދައްކަންޖެހޭ ފައިސާ ބަރާބަރަށް ދައްކަމުންދާއިރު، މި ފަދަ މުހިންމު އިވެންޓްތައް ބެލޭގޮތް ނުވުމަކީ ވަރަށް ދެރަކަމެކެވެ.

ކުރިން ކުޅުނު މެޗްތައް ބެލުމުގައި ދަތިތަކެއް ދިމާވިކަމަށް ފާހަގަކުރެވިފައި ނެތަސް، ނޮކައުޓް ރައުންޑް ފެށުމާއެކު މި މައްސަލަތައް ދިމާވާނެ ފެށުނުކަމަށް ފާހަގަކުރެވެއެވެ.

ކަސްޓަމަރުން އެދެނީ މި މައްސަލަ ވީހާ އަވަހަކަށް ހައްލުކޮށްދިނުމެވެ.


ކޮމެންޓުތައް (0)

ގިނަވެގެން 450 އަކުރު
Advertisement
ad