Advertisement
ad

ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ދިވެހި ފުރަތަމަ ޑޮކްޓަރު ނިޔާވެއްޖެ

2026-07-09 17:30 0 ކޮމެންޓް
މުހައްމަދު
ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ދިވެހި ފުރަތަމަ ޑޮކްޓަރު ނިޔާވެއްޖެ

ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ދިވެހި ފުރަތަމަ ޑޮކްޓަރު، ޑރ. އައިމިނަތު ފަޒުނާ ނިޔާވެއްޖެއެވެ.

Advertisement
ad


ޑރ. ފަޒުނާގެ ކަށުނަމާދު އޮތީ މާލޭ އާސަހަރާ މިސްކިތުގައި، މިރޭ އިޝާ ނަމާދަށް ފަހުގައެވެ.

ޑރ. ފަޒުނާ ތައުލީމާއި ތަމްރީން ހާސިލުކުރެއްވީ މެލޭޝިއާގެ ނެޝަނަލް ޔުނިވާސިޓީންނާއި އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާއިންނެވެ.

އޭނާ ކިޔަވާ ވިދާޅުވުމަށް ފަހު ޑިވެލޮޕްމަންޓަލް ޕީޑިއެޓްރީޝަނެއްގެ ގޮތުގައި އެނބުރި ރާއްޖެ ވަޑައިގެން، އައިޖީއެމްއެޗުގައި ބަލި މީހުން ބައްލަވަން ފެއްޓެވިކަން އެ ހޮސްޕިޓަލުން އިއުލާންކުރީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ.


ޑރ. ފަޒުނާ ޚާއްސަވީ ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ކަމަށްވާއިރު، އޯޓިޒަމްއާއި އޭޑީއެޗްޑީ އާއި އުނގެނުމުގެ އުނދަގޫތައް ހުންނަ ކުދިންނަށް ދެނެގަތުމަށް އެސެސްމެންޓްތައް ހެއްދެވުމުގައި މުހިންމު މަސައްކަތްތަކެއް ކުރެއްވިއެވެ.


ޑރ. ފަޒުނާ ނިޔާވުމުގެ ހިތާމައިގައި، އޭނާއާއެކު މަސައްކަތް ކުރެއްވި ސިއްހީ ދާއިރާގެ މީހުންނާއި، އޭނާ ފަރުވާ ދެއްވި ކުދިންގެ އާއިލާގެ މެންބަރުން ދަނީ ހިތާމަ ފާޅުކުރަމުންނެވެ.



ކޮމެންޓުތައް (0)

ގިނަވެގެން 450 އަކުރު
Advertisement
ad